Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ވިޔަފާރިވެރިޔާ އަލީ "މަރާލި" އަހުމަދު މާލެ އަށް

މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައި ހިތަދޫގެ އަލަ އޮޅެއްގެ ތެރެއިން ފެނުނު ހިތަދޫގެ ވިޔަފާރިވެރިޔާ އަލީ އަބްދުﷲ ގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ހިތަދޫ، ހެޕީ ފިއުޗާ، އަހްމަދު އިބްރާހިމްދީދީ ރޭގެ ވަގުތެއްގައި މާލެ ފުރުވާލައިފި އެވެ.

އޭނާ ފުރުވާލީ މަރަދޫ ބަނދަރުން މާލެ ދިއުމަށް ރޭ ފުރި ބޯޓަކުން ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

އަލީ އަށް ބޮޑު ބޭބެ ކިޔާ އަހުމަދު، އަލީގެ މަރުގެ މައްސަލާގައި ހައްޔަރުކޮށް އޭނާގެ ގެ، ފުލުހުން ބަލައި ފާސް ފާސް ކުރަނިކޮށް އަލީގެ ފިހާރަ އިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެ އެވެ.

އަލީގެ މަރާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އަދި އޭނާ މަރާލީ ފައިސާ އާއި މުދަލުގެ ދަތިވެތިކަމުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަލީގެ މަރާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން އެކަކު މީގެ ކުރިން ވެސް ފުލުހުން ވަނީ ތަހުގީގަށް މާލެ ފޮނުވާލައިފަ އެވެ.