Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ފުލުހުން މަރަދޫން ޒުވާނުންތަކެއް ހައްޔަރުކޮށްފި

މަރަދޫ ބޮޑު މަގުގައި ހުންނަ ޕީޕީއެމް ޖަގަހަ ކައިރީ ބަޔަކު މަޑުކޮށްލައިގެން.: މި ސަރަހައްދުން ޒުވާނުންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފި.

16:00 ފުލުހުންގެ ވެހިކަލްގައި ދެވަނަ ފަހަރަށް އެ ސަރަހައްދަށް ގޮސް މީހުން ހައްޔަރު ކުރަމުން އެބަދެއެވެ. އެ ސަރަހައްދުގައި ހުރި މަރަދޫ މީހަކު އައްޑޫ ލައިވް އާއި ވާހަކަ ދައްކަމުން ބުނީ މިހާރުވެސް ފުލުހުންނާއި އާއްމުންނާއި ދެމެދު ޒުވާބު ކުރަމުން އަންނަކަމަށެވެ. މިހާރު ފުލުހުންގެ ވެހިކަލްގައި ހައްޔަރު ކޮށްފައިވަނީ އާބިދު، އަބްދުﷲ ޔާނިއު، އަދި އަލީ ނަމަކަށް ކިޔާ ޒުވާނެކެވެ.

ސ. މަރަދޫން މީގެ ކުޑަ އިރުކޮޅެއް ކުރިން ޒުވާނުންތަކެއް ހައްޔަރުކޮށްފި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަރަދޫ ބޮޑު މަގުގައި ހުންނަ ޕީޕީއެމްގެ ޒުވާނުންގެ ޖަގަހަ އާ ދިމާލުން ބަޔަކު ހައްޔަރުކޮށްފައި ވަނީ އެސްއޯ ފުލުހުންނެވެ. އަދި މިކަމާ ގުޅިގެން އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެ. ފުލުހުންނާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ.

އެ ރަށުގެ ޒުވާނުންތަކެއް ހައްޔަރުކޮށްގެން ގަން ޕޮލިސް ސްޓޭޝަނަށް ގެންދިއުމާ ގުޅިގެން ރަށުގެ ޒުވާނުންގެ ގްރޫޕެއް ގަމަށް ގޮސްފައިވާ ކަމަށް އެނގިފައިވެ އެވެ.

އެހެން ނަމަވެސް ފުލުހުން ބަޔަކު ހައްޔަރު ކުރީ ކޮން މައްސަަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެސަރަހައްދަށް ޖަމާވެ ތިބި މީހުން ބުނީ ފުލުހުން އެ ޒުވާނުންތައް ހައްޔަރުކޮށްފައިވަނީ ވަރަށް އަނިޔާ ވެރިކޮށް ކަމަށާއި، ހައްޔަރު ކުރުމުގައި ވަކި މީހަކަށް ނުބަލާކަމަށެވެ. އެގޮތުން އަތުޖެހުނު މީހަކު ހިފައި ހައްޔަރުކޮށް އަނިޔާކުރިކަމަށް އެމީހުން ބުނެއެވެ.

މީގެ ކުރިންވެސް އެސްއޯ ފުލުހުން އާއްމުން ނަަށް އަނިޔާ ކުރާ ކަމަށް ކައުންސިލުންވެސް ވަނީ ބުނެފައެވެ.