Last Updated: April 16, 17:11
Tuesday, April 16, 2024
ޚަބަރު

ޕީއެސްއެމްގެ ގުރުއާން މުބާރާތުގެ އައްޑޫ އޮޑިޝަން މެއި12 ގައި

ނޫރުލް އިސްލާމްގެ ފަރާތުން 2011 ވަނަ އަހަރު ބޭއްވި ގުރުއާން ކިޔެވުމުގެ މުބާރާތުގައި ޝައިހް އަނީލް، ނޫރުލް އިސްލާމުން އަންނަނީ ދީނީ ގިނަ ހަރަކާތްތައް ހިންގަމުން. ފޮޓޯ: ނޫރުލް އިސްލާމް

ޕީއެސްއެމުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ގުރުއާން މުބާރާތުގެ އައްޑޫ ސިޓީގެ ހިތަދޫގެ އޮޑިޝަން މެއި 12 އިން 14ގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމްއިން ބުނެފިއެވެ.

ޕީއެސްއެމް އިން ބާއްވާ ޤުރުއާން މުބާރާތުގެ އޮޑިޝަނަށް ޖުމްލަ 700 ކުދިން ހޮވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 200 ކުދިން ފިޔަވައި އެހެން ހުރިހާ ކުދިން ހޮވުމަށް ހަމަޖެހިފައިވަނީ މާލެ އިންނެވެ.

އެހެން އަހަރުތަކާ ޚިލާފަށް ބާއްވާ މިއަހަރުގެ މުބާރާތުގެ އޮޑިޝަންގައި ކިޔެވުމަށް އެޕްލިކޭޝަން ފޯމެއް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ޕީއެސްއެމް އިން މައުލޫމާތު ދެއެވެ.

އެގޮތުން މުބާރާތުގެ އޮޑިޝަންގައި ބައިވެރި ވުމަށްޓަކައި ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އުމުރު ފުރާއިން ވާދަ ކުރަން ބޭނުންވާ ގޮފީގެ ކިޔެވުން އޮންނަ ގަޑިތަކުގައި ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިފައިގެން އޮޑިޝަން ބާއްވާ ތަނަކަށް ދިއުމުން ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި 5 އަހަރުން ފެށިގެން 13 އަހަރާ ދެމެދުގެ ޢުމުރު ފުރާތަކުގެ ބަލައިގެން ކިޔެވުމާއި، ހިތުދަސް ކުރުމުގެ ބައިން ވާދަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕީއެސްއެމްގެ އޮފިޝަލަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އައްޑޫގައި ބާއްވާ އޮޑިޝަން ބާއްވާނެ ތަނެއް އަދި ފައިނަލް ނުވާ ކަމަށާއި އޮޑިޝަން ބާއްވާނެ ތަނެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.