Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުޅުމީދޫ މަގު ބައްތި ނުދިއްލޭ މައްސަލައިގެ ޝަކުވާ ބޮޑުވެފައި!

ހުޅުމީދޫގެ މަގު ބައްތިތައް ނުދިއްލޭ މައްސަލައިގެ ޝަކުވާ އާއްމު ރައްޔިތުން ކުރަން ފަށައިފިއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ހުޅުމީދޫގެ ރައްޔިތަކު ބުނީ މަގު ބައްތި ނުދިއްލޭ މައްސަލައިގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން ހުޅުމީދޫ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެެކަމަށް ރަށު އޮފީހުން އިޖާބަ ނުދޭކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަގު ބައްތި ބެލެހެއްޓުން ހުއްޓާލާފައިވަނީ އެ މަސައްކަތް ހަވާލު ކުރި ކުންފުނިން މަސައްކަތް ހުއްޓާލާފައި އޮތުމާއި، ކައުންސިލްއިން ކުރަމުން އައި މި މަސައްކަތް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށައް ބަދަލު ކޮށްފައި އޮތުމާއި ގުޅިގެންނެވެ.

އަދި މަގު ބައްތި ދިއްލުމަށް ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރިން ދެމުން ދިޔަ ބައެއް ހިދްމަތް ހައުސިން މިނިސްޓްރީގެ ދަށައް ބަދަލުކޮށްފައިވާ އިރު ހައުސިން މިނިސްޓްރީން އެ ހިދްމަތް ބަރާބަރަށް ފޯރުކޮށް ނުދެވޭ ކަމުގެ ޝަކުވާ އާއްމު ރައްޔިތުން ދަނީ ކުރަމުންނެވެ.