Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

މިއަދުވެސް ދެކުނުގެ މަސްވެރިން ބޭނި މަސްކޮޅު އުކާލަން ޖެހުނީ ކަނޑަށް!

މިފްކޯގެ ބޯޓުފަހަރަށް މަސް ކިރެން ނެތުމާއި، މަސްކިރައިގެން ދޭނެ ލާރިއެއް، އައިސްއެއް، އަދި ތެލެއް މިފްކޯގެ ބޯޓުތަކުގައި ނެތުމާއި ގުޅިގެން މިއަދުވެސް ދެކުނުގެ މަސްވެރިން ބޭނި މަސްތައް އުކާލަން ޖެހިއްޖެއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި އައްޑޫގެ މަސްވެރިން ބުނީ މަސް ބާނައިގެން ގޮސް މަސްކިރާލާނެ ބޯޓެއް ނެތް އިރު ކިރި މަސްތަކަށް މިފްކޯއިން އަދިވެސް ލާރި ނުލިބޭ ކަމަށެވެ.
corrupt-1

"އަޅުގަނޑުމެން ކޫއްޑޫއަށްވެސް ގޮސްފިން، އެތަނުގައިވެސް ނެތް، ފައިސާއެއް، އެތަން ހިންގާނެ ތެލެއް، މަސް ހަލާކުވިޔަ ނުދޭން އަޅާލާނެ އައިސް ކޮޅެއްް މިންވަރުވެސް. މުޅިތަން މިއޮތީ ބޮއްސުން ލާފައި"

އައްޑޫގެ މަސްވެރިން ބުނީ، މިދޭތެރެއިން ހޮރައިޒަންއަށް ކޮންމެވެސް ވަރަކަށް މަސް ކިރުނު ކަމަށެވެ. އަދި މިހާރު މަސްނަގަން މިފްކޯއިން ބޭނުންވަނީ ސައިޒް ވަކިކޮށް، މަދު އަދަދެއް ކަމަށެވެ.

"މީގެ ދެރަކަމަކީ މަސްބޯޓުތަކުގައި ނެތް މަސްކިރައިގެން ދޭނެ ލާރިއެއް. ބޯޓުން ދޭ ތެލުގައި މުޅިން މިހުންނަނީ ކުނި ބުނި. އެކަމަކު ނުދޭ ދޯންޏަށް އަޅަން. ދެން އޮތީ މިހާރު އެންގުމަކާއި ނުލައި ބުނެފި، މަސް ކިރޭނީ ސައިޒަށް ބަލާފައި ކަމަށް. މީ ކޮންކަހަލަ އުސޫލްތަކެއް"

މަސްވެރިން ޝަކުވާ ކުރަމުން އަންނަ އިރު މިއަދުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރ ސަންޓްރެވަލް ޝިޔާމް ވިދާޅުވީ ދިވެހި މަސްވެރިން ބާނާ މަހުގެ އަގު ދަށަށް ދަނީ މިވަގުތު ޔޫރަޕުގައި ތިބެގެން "ރާއްޖެ ބަދުނާމުކުރުމަށް މަސައްކަތް ކުރާ" އެމްޑީޕީގެ ލީޑާޝިޕްގެ ސަބަބުން ކަމަށެވެ.

"ޔޫރަޕަކަށް މިއަދު އެމީހުން އަޅުގަނޑުމެންގެ މަހެއް ބަލައެއް ނުގަނޭ. ހަމަ ސީދާ މި ބުނަނީ ކީކޭތޯ؟ ކަލޭމެންގެ ގާތުގައި އެއްޖިންސުން ގުޅުން ހިންގުމުގެ އެއްވެސް ކަހަލަ ހުއްދައެއް ނެތޭ. އެހެންވީމަ އަހަރުންނަކަށް ނުދެވޭނޭ ކަލޭމެންނަށް މަހުގެ ޑިއުޓީއެއް. އިސްލާމްދީން ފިޔަވައި އިތުރު ދީނެއް ނެތޭ. އެހެންވީމާ ކަލޭމެންނަށް އެހީއެއް ނުވެވޭނޭ. މިއީ ހަގީގަތަކީ،" ސިޔާމް ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަހަށް ރަނގަޅު އުޖޫރައެއް ނުލިބޭއިރު، މި ސަރުކާރުން ވަނީ މަސްވެރިންނަށް ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދޭން ވައުދުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބެޔަސް ނުބެޔަސް އަށް މުޅި ރާއްޖެއިން ރަޖިސްޓްރީ ވެފައިވަނީ އެންމެ ދޯންޏެކެވެ.