Last Updated: April 27, 09:46
Saturday, April 27, 2024
ރިޕޯޓް

ތަރުކާރީ އާއި މޭވާ: އުރަމަތީގެ ކެންސަރާ ދުރުކޮށްދޭ

ގިނައިން ތާޒާ ތަރުކާރީ އާއި މޭވާ ކާން އަބަދު ވެސް ޑޮކްޓަރުން އިރުޝާދު ދެ އެވެ. އެހެންވެ އެކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހެ އެެވެ.

ތަޖުރިބާކާރުން މިހާރު ވިދާޅުވަނީ އަންހެނުން ތަރުކާރީ މޭވާ ކާން ޖެހޭ މިންވަރު ހާއްސަކޮށް އިތުރު ކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ ކޮބައިތޯ އެވެ؟ ސަބަބަކީ އެއީ އުރަމަތީގެ ކެންސަރުން ރައްކާތެރިކޮށް ދިނުމަށް ބާރު އަޅާ ކަމަކަށްވާތީ އެވެ.

އެހެންވެ ގިނަގިނައިން އަންހެނުން ތަރުކާރީި އާއި މޭވާ ކާން އާދަ ކުރާށެވެ.

ތަރުކާރީ އާއި މޭވާއަކީ ވަރަށް މަތީ މިންވަރަަކަށް ފައިބަރާއި ވިޓަމިން އެކުލެވޭ ބާވަތްތަކަަކަށްވާތީ އެއީ ހަށިގަަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ، ދުޅަހެޔޮ ސިއްހަތަކަށް ބާރު އަޅައިދޭ ކަމެކެވެ.

ބީއެމްޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ އާޓިކަލެއްގައިވާ ގޮތުން މެދު އުމުރުގެ އަންހެނުން އާންމުކޮށް ތަރުކާރީ އާއި މޭވާ ގަވައިދުން ކާ ނަމަ އުރަމަތީގެ ކެންސަރު ޖެހުމުން 25 ޕަސަންޓް ކުޑަކޮށްދެ އެވެ.

487964-breast-cancer

އެގޮތުން މޭވާގެ ތެރެއިން އާފަލާއި ދޮންކޭލާއި މޭބިސްކަދުރު އަދި އޮރެންޖް ފަދަ ބާވަތްތައް ވަކިން ހާއްސަކޮށް ގިނައިން ކާން ޖެހެ އެވެ.

ހަމަ މިއާ އެކު ފެހިކަން ގަދަ ތަރުކާރީގެ ބާވަތްތައް ވެސް ބޭނުން ކުރާ މިންވަރު އިތުރު ކުރަން ޖެހެ އެވެ.

"މި ބާވަތްތަކަކީ ހަމަ ހުރިހާ އުމުރެއްގައި ބޭނުން ކުރަން ޖެހޭ ބާވަތްތައް. އަދި އެހާމެ ފައިދާތައް ގިނަ ބާވަތްތަކެއް،" ހާވާޑް އެެމެރިކާގެ ޔުނިވަސިޓީގެ ސައިންޓިސްޓް މަރިޔަމް ފަރްވީދް ވިދާޅުވި އެވެ. "އެހެންވިމާ މޭވާ އާއި ތަރުކާރީ ބޭނުން ކުރާ މިންވަރު އިތުރު ކުރަން އާދަ ކުރަން ޖެހޭ."