Last Updated: April 24, 11:51
Wednesday, April 24, 2024
ކުޅިވަރު

ގާޑިއޯލާ ބެޔާން އަށް އަލްވަދާއު ކިޔައިފި

ޑީއެފްބީ ޕޯކަލް ނުވަތަ ޖަރުމަން ކަޕުގެ ފައިނަލުގައި ބެޔާން މިއުނިކް އަދި ބޮރޫޝިއާ ޑޯޓްމަންޑު ބައްދަލުކޮށް ޕެނަލްޓީގައި ބެޔާން މޮޅުވެ އިތުރު ތަށްޓަކާއެކު ގާޑިއޯލާ ޓީމާ އަލްވަދާއު ކިޔައިފި އެވެ.

ރޭކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު ގޯލަށް ނުރައްކާތެރި މާގިނަ ހަމަލާތަކެއް ފޮނުވިފައެއް ނުވެ އެވެ.

ނަމަވެސް ދެވަނަ ހާފުގައި ޕިއެރް އެމެރިކް އައުބާމަޔަންގް އަށް ބެޔާން ކޮޅަށް ގޯލު ޖެހުމަށް ލިބުނު ހުސް ފުރުސަތެއް އޭނާ ވަނީ ބޭކާރުކޮށްފަ އެވެ.

މެޗުގެ 90 މިނެޓުގައި ގޯލެއް ޖެހިފައި ނުވާ އިރު އިތުރު ވަގުތުގެ ދެ ހާފް ކުޅެ އެ ދެ ހާފްގައި ވެސް ނަތީޖާ އަށް ބަދަލެއް ގެނެސްފައި ނުވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހައި ނަތީޖާ ނެރޭށެވެ.

ޕެނަލްޓީގައި ޑޯޓްމަންޑުގެ ތިންވަނަ ޕެނަލްޓީ ނޮޔާ ވަނީ ސޭވްކޮށްފަ އެވެ. ފަހު ޕެނަލްޓީ ސޮކްރަޓިސްއަށް ކާމިޔާބު ނުކުރެވުނެވެ. ބެޔާން އަށް ތަށި ހޯދައި ދިން ޕެނަލްޓީ ޖަހާފައި ވަނީ ޑަގްލަސް ކޮސްޓާ އެވެ.

_89760973_bayern_win1_afp

މެޗަށް ފަހު ކޯޗު ގާޑިއޯލާ ޓީމު ދޫކޮށް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ދާން ހަމަޖެހިފައިވާ އިރު ގާޑިއޯލާ ވަނީ ބެޔާންގައި އޭނާ ހޭދަކުރި ތިން ސީޒަނުގައި ވެސް ލީގު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން ޖަރުމަނު ކަޕު ދެފަހަރު ހޯދާފައިވާ އިރު ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑްކަޕް ވެސް ވަނީ ގާޑިއޯލާގެ ކޯޗް ކަމުގައި ބެޔާންއަށް ލިބިފަ އެވެ.