Last Updated: March 29, 06:12
Friday, March 29, 2024
ރިޕޯޓް

ޕާކިންސަން މީހުންނަށް ހާއްސަ "ސްމާޓް" އަސައެއް!

ޕާކިންސަން ބަލި ޖެހިފައިވާ މީހުންނަށް ހާާއްސަ "ސްމާޓް" އަސައެއް އިންޑިއާ އަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖަކު އުފައްދައި، އެ ބަލި ޖެހިފައިވާ އެތައް ބައެއްގެ މޫނުމައްޗަށް ހިިނިތުވުން ގެނެސް ދީފި އެވެ.

މި އަސައަކީ ޕާކިންސަންގެ ސަބަބުން ހިނގަން އުނދަގޫވާ މީހުންނަށް ހާއްސަ އިޖާދެއް ކަމުން މީގައި ވަނީ ހާއްސަ ފީޗާތަކެއް ހިމަނައިފަ އެވެ.

އެގޮތުން ހިނގަ ހިނގައި ހުއްޓައި ހަރަކާތް ހުއްޓި، ކުރިއަށް ދާން އުނދަގޫވާ ވަނަ "ސްމާޓް" އަސާގައި އެކުލެވޭ ސެންސަ އިން ފޮނުވާ ވައިބްރޭޝަންތަކުން ހަރަކާތް ކުރިއަށް ގެންދަން މަގުފަހިކޮށްދެ އެވެ.

"ސްމާޓް" އަަސާ އުފެއްދީ ޕާކިންސަން ބަލި ތަޖުރިބާކާރަމުންދާތާ އެތައް ދުވަހެއްވެފައިވާ ފިރިހެނެއްގެ ކާފަ ދަރިއެކެވެ. އެއީ ނީހާ ޝާހިދު ޗައުދަރީ އެވެ.

އޭނާއަކީ ޔުނިވަސިޓީ އޮފް ވެސްޓް އިންގްލަންޑްގައި ޓެކްނޮލޮޖީ ދާއިރާ އިން ގްރެޖްއޭޓްވަމުން އަންނަ ދަރިވރެކެވެ.

ކާފަގެ ބައްޔަށް އެހީތެރި ކަމެއް ފޯރުކޮށް ދިނުމުގެ ވިސްނުމުގެ ތެރެއިން ނީހާ "ސްމާޓް" އަސާ އީޖާދޫކޮށްފައި ވަނީ އެފަދަ މަސައްކަތްތައް ކުރުމަށް އޭނާ ހަދާފައިވާ ފައުންޑޭޝަން "ވޯކް ޓް ބީޓް" ގެ ނަމުގަ އެވެ.

ޕާކިންސަން ޖެހިފައިވާ އެތައް ހާސް ބަޔަކަށް "ސްމާޓް" އަސައިގެ ވާހަކަ އަޑު އިވި، އެ ހޯދުމަށް މިހާރު އަންނަނީ ޑިމާންޑް ވެސް ކުރަމުންނެެވެ.