Last Updated: April 25, 06:00
Thursday, April 25, 2024
ވިޔަފާރި

"ސިޓީ ބާޒާރު" ގެ ފިހާރަތަކަށް ފުރުސަތު ހުޅުވާލައިފި

ޤައުމީ ޔުނިވަސިޓީން އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ހިތަދޫގައި ގާއިމުކޮށްފައިވާ ސިޓީ ބާާޒާރުން ފިހާރަތައް ކުއްޔަށް ދޭން ނިންމައި، ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "ސިޓީ ބާޒާރު" ގެ 30 ފިހާރައިގެ ތެރެއިން މިހާރު އިމާރާތްކޮށް ނިމިފައިވާ 10 ފިހާރަ ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންވެ އެ ފިހާރަތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަަކަށް ޕްރޮޕޯސަލް ހުށަަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ފިހާރަތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ފޯމު ސެޓެއް 150ރ. އަށް ކައުންސިލް އިދާރާ އިން ގަންނަން ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ހިތަދޫ "ރޯޔަލް ޕާމް" ރެސްޓޯރަންޓާ ދިމާލުން އޮތް ހުސް ބިމުގައި ހަދާފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތައް ކުއްޔަށް ދޫކުރަން ފުރުސަތު ހުޅުވާލައިފައި މި ވަނީ އެތަންތަން ކުއްޔަށް ދިނުމާއި އާމްދަނީ ބަހާނެ ގޮތާ ގުޅޭ ގޮތުން ކައުންސިލާއި ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހާ ދެމެދު މިދިޔަ މަހު މަޝްވަރާ ވެސް ކޮށްފައި ވަނިކޮށެވެ.

12524136_690713944404202_997845981403197888_n

އެގޮތުން "ސިޓީ ބާޒާރު" ކުއްޔަށް ދީގެން ލިބޭ އާމްދަނީގެ 51 ޕަަސެންޓް ކެމްޕަހަށް އަދި 49 ޕަސަންޓް ކައުންސިލަށް ލިބޭ ގޮތަށް ވަނީ އެއްބަސްވެފަ އެވެ.

ސިޓީ ބާޒާރުގެ އިތުރުން ދެވަނަ ފިޔަވައްސެއްގެ ގޮތުން "ސިޓީ ބުސްތާނެއް" ވެސް ގާއިމު ކުރަން ވަނީ ނިންމައިފަ އެވެ.

ޔުނިވަސިޓީން ބުނީ އެކަމަށް ބޭނުންވާ ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަަށެެވެ.

ސިޓީ ބުސްތާން ގާއިމު ކުރަނީ ހިތަދޫ ކެމްޕަސް އެކަކާ ދިމާލުން އޮތް ހުސް ބިމުގަ އެވެ. އެތަނުގައި ވެސް ވިޔަފާރިތަކަށް ހާއްސަ އިމާރާތްތަކެއް ހަދައި ކުއްޔަށް ދޭނެ އެެވެ.

މި ބިންތައް ޔުނިވަސިޓީ އަށް ހަމަޖައްސައި ދިނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.

ސިޓީ ބާާޒާރު" ގެ އިތުރުން "ސިޓީ ބުސްތާން ގާއިމު" ކުރުމުގެ އެމްއޯޔޫގައި ކައުންސިލާއި ޔުނިވަސިޓީ އާ ދެމެދު ސޮއި ކުރީ އެޕްރީލް 16، 2015 ގަ އެވެ.