Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ގަން ފުލުހުންނަށް ފަސްޓް އެއިޑް ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް ސަދަން އޭރިއާ އިން އައްޑޫ ސިޓީ ގަމު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް ފަސްޓް އެއިޑާ ބެހޭ ޕްރޮގްރާމެއް ރޭ ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ކުލާސްތަކެއް އައްޑޫ ސިޓީ ގަމު ޕޮލިސް ސްޓޭޝަނުގައި ރޭ ކުރިއަށް ގެންގޮސްފައިވާ އިރު، މިއަދު ވެސް މި ޕްރޮގްރާމްގެ ބައިތައް ކުރިއަށްގެން ދިޔުމަށް ވަނީ ހަމަޖައްސައިފަ އެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ފަސްޓް އެއިޑަކީ ކޮބައި ކަމާއި އެ އެހީ ދިނުމުގައި ޢަމަލު ކުރާ ގޮތްތަކާއި، ކުއްލި ހާލަތެއްގައި ޞިއްޙީ ފުރަތަމަ އެހީ ދޭން ޖެހިއްޖެ ހާލަތެއްގައި އަމަލުކު ރަންވީ ގޮތްތައް ބައިވެރިންނަށް ދަސްކޮށް ދޭނެ އެވެ.

SA_POLI_IN01

އަދި ޕްރޮގްރާމުގައި، އަމަލީ ގޮތުން ފަސްޓް އެއިޑް ދޭނެ ގޮތްތައް ވެސް އަންނަނީ ފަރިތަކުރަމުންނެވެ.

ޕްރޮގްރާމްގައި ކިޔަވައި ދެނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.