Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

ރޯދަ ހަނދު ސާބިތު ކުރުން އޮންނާނެ: ޑީޖޭއޭ

މި އަހަރުގެ ރަމަޟާން މަހުގެ ހަނދުގެ ސާބިތު ކުރުން ވަކި ގޮތަކަށް ނިމެންދެން ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި، ރަށު ކައުންސިލް އިދާރާތަކާއި، އަތޮޅު ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ޑީޖޭއޭ އިން ބުނެފި އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާ ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިފުޅު މަތީގައި ކަމަށެވެ.

މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭނީ އެ ވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށް ވެސް ޑީޖޭއޭ އިން ބުނެ އެވެ.

ޑީޖޭއޭ އިން އަދި ބުނީ ބުނީ ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭ އިރު ގާތްގަޑަކަށް ހަނދު ހުރި އުސް މިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިއްމު މައުލޫމާތު ދޭން ވާނެ ކަމަށެވެ.