Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ފޭދޫ ސާފު ކުރުން މާދަމާ، އެންމެން ނިކުމޭ

ފޭދޫ ބިން ހިއްކައި ނިމުމާ ގުޅިގެން މާދަމާ ފޭދޫ ސާފު ކުރަން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓރު މުހައްމަދު ފައިސަލް "އައްޑޫ ލައިވް" އަށް ވިދާޅުވީ މާދަމާ ކުރިއަށް ގެންދާ ސާފު ކުރުމުގެ ޕްރޮގްރާމަކީ ތިމާވެށީގެ ދުވަހާ ވެސް ގުޅުވައިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

ހާއްސަކޮށް ފޭދޫ ހޭޅި ފަށް ސާފު ކުރަން ކުރިއަށް ގެންދާ މި ޕްރޮގްރާމް ބާއްވަނީ "ނަލަނަލަ ފޭދޫ- އަފިރިންގެ ޒިންމާ" ޝިޔާރުގެ ދަށން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެނދުނު 8:30 ގައި ފަށާ ޕްރޮގްރާމްގައި އެމްއެންޑީއެފާއި ޕޮލިހާއި އެމްއާރްޑީސީ އާއި ފޭދޫ ސްކޫލް ދަރިވަރުންނާއި އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށެވެ.

"ވީހާ ވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.