Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

މާބަނޑު އިރު ގިނައިން މޭވާ ކާ ނަމަ ދަރިން "ސްމާޓް" ވޭ!

މާބަނޑު ދުވަސްވަރު ގިނަގިނައިން މޭވާ ކެއުމަކީ ލިބޭ ތަރިިންގެ ވިސްނުން ތޫނުވެފައި، ސްމާޓްވާނެ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކެނެޑާގެ ޔުނިވަސިޓީ އޮފް އަލްބާޓާ އިން ހެދި ދިރާސާ އިން ހާމަވި ގޮތުގައި މާބަނޑުވީއްސުރެން ފެށިގެން ގިނަގިނައިން މޭވާ ކާ ނަމަ، ދަރިފުޅުގެ އައިކިއު ލެވެލް މަތިކޮށްދެ އެވެ.

އަދި އެއީ ދަރިފުޅުގެ ވިސްނުން ތޫނުވެ، ކަންކަމަށް ދަރިފުޅު ލޯ ހުޅުވައި ދޭން ބާރު އަޅައި ދޭނެ ކަމަކަށްވެ އެވެ.

ދިރާސާގައިވާ ގޮތުން މާބަނޑު ދުވަސްވަރު މައި މީހާ ދުވާލެއްގެ މައްޗަށް ހައެއް ނުވަތަ ހަތް ތާޒާ މޭވާ ނުވަތަ ތާޒާ މޭވާ އިން ގިރާފައިވަ ޖޫން ބޯ ނަމަ ވެސް، އޭގެ ސަބަބުން ދަރިފުޅުގެ ސިއްހަތަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވައިދެ އެވެ.

"އަހަރަމެންްނަށް ފާހަގަ ކުރެވުނު ކަމަކީ ޕްރެގްނަންސީގައި މޭވާ ގިނައިން ކާ ވަރަަކަށް ބަނޑުގައިވާ ދަރިފުޅުގެ ވިސްނުމުގެ ބާރުގަދަކޮށްދީ، ދަރިފުޅު ސްމާޓް ކުއްޖަކަށް ހަދައި ދޭން ބާރު އަޅާކަން،" ދިރާސާގައި އިސްކޮށް ބައިވެރިވި ޕިއުޝް މަންދަނޭ ބުންޏެވެ.