Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

މެޖިސްޓްރޭޓަކު ހައްޔަރު ކުރުމުން ފުލުހުންނަށް އުމަރުގެ ސެލިއުޓް

ގ.ދ ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަސްތުގެ ހާލަތުގައި މަސްތުވާތަކެއްޗާއެކު މިއަދު ހައްޔަރު ކޮށްފައިވާއިރު އޭނާ ހައްޔަރު ކުރި ފުލުހުންނަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ތައުރީފުގެ ބަސްތައް ރައްދުކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މެޖިސްޓްރޭޓް ރަޝީދު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުން މިނިސްޓަރު ކުރި ޓުވީޓެއްގައި ފުލުހުންނަށް ސެލިއުޓް ކުރާ ކަމަށް ބުނެފައިވެއެވެ. އަދި އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީގައި ހުރެވޭނެ މީހެއް ނޫންކަމަށްވެސް މިޓުވީޓުގައި އޭނާ ލިޔެފައިވެއެވެ.

sdsds

ފުލުހުން މައުލޫމާތު ދީފައިވަނީ މެޖިސްޓްރޭޓް ހައްޔަރުކޮށްފައިވަނީ އޭނާ މަސްތުވާތަކެތި ބޭނުން ކުރާކަމަށް އާއްމު ފަރާތަކުން ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ރަޝީދު ހައްޔަރު ކުރިއިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓުތަކެއްވެސް ފެނިފައިވެއެވެ. އަދި އޭނާ އެވަގުތު ހުރީވެސް މަސްތުވެގެން ކަމަށް ފުލުހުން މައުލޫމާތުދީފައިވެެއެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މެޖިސްޓްރޭޓް ކައިރިން ކުޑަކަމުދާތަކެތީގެ ސާމްޕަލް ފުލުހުންނަށް ހުށައެޅުމަށް އެންގުމުން އޭނާވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.