Last Updated: May 10, 06:02
Friday, May 10, 2024
ޚަބަރު

ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފުލުހުން ހިންގައިފި

ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން އައްޑޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ރަމަޟާން މަހާ ގުޅިގެން ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ވައްކަމުގެ މައްސަލަތައް މަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ވައްކަން ކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމާއި ގޯތި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެ އެވެ.

ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ މި ޕްރޮގްރާމުގައި އައްޑޫގައި މަސައްކަތް ކުރާ ފުލުހުން ވަނީ މަރަަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ގޭގެ އަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފަ އެވެ.

ފުލުހުން އަދި ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ އިރު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.