Last Updated: March 28, 21:43
Thursday, March 28, 2024
ރިޕޯޓް

ޕެރޮޓް ޕޮޓް: ދެން ގަސް ހައްދާނީ ސްމާޓްކޮށް!

ތިއީ ގަސް އިންދަން ލޯބި ކުރާ މީހެއް ހެއްޔެވެ؟ ވަކިން ހާއްސަކޮށް ގޭ ތެރޭގައި މާ ގަސްތައްް އިންދަން ލޯބި ކުރާ ނަމަ މި ވަރުގެ ހަދިޔާއެއް ނޯންނާނެ އެވެ.

ގޭ ތެރޭގައި ގަސް ހައްދަން ޝައުގުވެރިވާ ނަމަ އެކަން ދެން ކުރާނީ "ސްމާޓްކޮށެވެ." އެއީ "ޕެރޮޓް ޕޮޓް" ބޭނުންކޮށްގެންނެވެ.

އެ ޕޮޓްގައި 7،000 ވައްތަރުގެ ގަސް ހެއްދޭނެ އެވެ.

ތަފާތު ބާވަތްތަކުގެ މާމެލާމެއްޔާއި ކެއުމަށް ބޭނުން ކުރާ ތަފާތު ބާވަތްތަކުގެ ފަތާއި ސައިފަތް ފަދަ ގަސްތައް ވެސް "ޕެރޮޓް ޕޮޓް" ގައި ހެއްދެ އެވެ.

އެހެންވީމާ ހޯދަން ޖެހެނީ ސްމާޓްކޮށް ގަސް ހައްދާ "ޕެރޮޓް ޕޮޓް" އެކެވެ. މީގެ އަގު ދުނިޔޭގެ ބާޒާރުގައި އުޅެނީ އެންމެ 99 ޑޮލަރަށެވެ.

"ޕެރޮޓް ޕޮޓް" އަކީ ގަހަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އޭގައި އެކުލެވިފައިވާ ބޭނުން ތަނެއްގައި ބެހެއްޓި ދާނެ އެއްޗެވެ. މީތި ހަމަ އާދައިގެ ބެޓެރިން މަސައްކަތް ކުރާނެ އެވެ.

ހަމަ މިއާ އެކު ގެންގުޅޭ ފޯނަށް ގަހުގެ ހާލަތު "ޕެރޮޓް ޕޮޓް" ގަވައިދުން ފޯރުކޮށް ދޭނެ އެވެ.

އެއީ "ފްލާވަ ޕޮޓް" ގެ ނަމުގައި މި ޕޮޓަށް ހާއްސަ އެޕަކާ އެކުގަ އެެވެ.

ހަމައެނި ކުރަން ޖެހޭ ކަމަކީ އެއަށް ފެން އެޅުމެވެ. ދެ ލީޓަރުގެ ފެން ޕޮޓަށް އަޅައި ލެވޭނެ އެވެ. އެއީ އާންމުކޮށް ހަފުުތާއަކަށް ގަހަށް ބޭނުންވާނެ މިންވަރެވެ.

ފެން ދިނުމުން ގަހަށް ބޭނުންވާ ހުރިހާ ވަސީލަތެއް "ޕެރޮޓް ޕޮޓް" ސެންސަތަކުގެ އެހީގައި ފޯރުކޮށް ދޭނެ އެވެ.

އިރުގެ ހަކަތަ އާއި ގަސް ކާނާ ފަދަ ތަކެތިން "ޕެރޮޓް ޕޮޓް" މުއްސަނދި ކުރެވިފައި އެވެ.

ފްރާންސްގެ މި އީޖާދު މިދިޔަ އެޕްރީލް މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި އަންނަނީ ވިއްކަމުންނެވެ.