Last Updated: March 28, 21:55
Thursday, March 28, 2024
ސިއްހަތު

ރޯދަ ރަހަ: ކޮއްތު ރޮށި

* ބޭނުންވާ ތަކެތި:

10 ރޮށި (ކޮންމެ ރޮއްޓެއް ހަތަރު ފަޅިކޮށްފައި، ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ކެރެޓް (ތުނިކޮށް ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ކެބެޖު (ކުދިކޮށް ކޮށާފައި)
1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
1 ފިޔާ (އާދައިގެ ކޮށާފައި)
1 ދަޅު ފެލިވަރު މަސް (ތެޔޮ މަސް)
4 ކުކުޅު ބިސް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ސައިސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު)
1/2 ސަމުސާ އަޖިނަމޮޓޯ ނުވަތަ
4 ތިކި ފިޝް ސޯސް
ހިކި މިރުސް (ކުޅިކުރަން ބޭނުންވާ ވަރަކަށް، ރާޅުކޮށް މުގުރާފައި)
ކޮރިއަންޑާ ނުވަތަ ހިކަނދި ފަތް، ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ތެޔޮމަސް ދަޅުގެ ތެޔޮފޮދުގައި ފިޔާ މީރުކުރާށެވެ. ފިޔާކޮޅު ރަތް ވާން ފެށީމައި، ޓޮމާޓޯ ޕޭސްޓް އެޅުން. ހިކި މިރުސް، ހަވާދު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާފައި މަސްދަޅު އެޅުން. ދެން ކެރެޓް، ކެބެޖް އަދި ކެޕްސިކަމް އެޅުން. އަޖުނަމޮޓޯ ނުވަތަ ފިޝްސޯސް އެޅުމަށް ފަހު، ވަރަށް ރަނގަޅަށް އެއްކުރަން ޖެހޭނެ. ރޮށި އެޅުުމަށް ފަހު އަނެއްކާ ވެސް އެއްކުރަމުން ބިސް އެޅުން.
ދެން ލޮނު ހެޔޮވަރު ކުރުމަށް ފަހު އުނދުން ނިއްވާލާފައި، ހިކަނދިފަތް ނުވަތަ ކޮރިއަންޑާ އަޅާފައި ރަނގަޅަށް އެއްކޮށްލުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.