Last Updated: March 28, 14:17
Thursday, March 28, 2024
ސިޔާސީ

ރިޔާސީ ޓިކެޓް ވެސް އަދި ވަގަށް ނަގާނެ: އަލީ ވަހީދު

ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ އަޑުތައް ގަަދަވެފައި ވަނިކޮށް، އެ ބޭފުޅުން ޕީީޕީއެމްގެ ރިޔާސީ "ޓިކެޓް ވެސް ވަގަށް ނަގާނެ" ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ސައުދީން ރައްޔިތުންނަށް ބަހަން ހިލޭ ދިން ކަދުރު މެޑަމް ފާތުންގެ ސަދަގާތް ފައުންޑޭޝަނުގެ ނަމުގައި ބަހާ މައްސަލާގައި "ކަދުރުން ވެސް ވައްކަންކޮށްފައިވ" ކަމަށް ވިދާޅުވެ އަލީ ވަހީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ "ތި ޓިކެޓްގަނޑު ވެސް އަދި ވަގަށް ނަގާނެ" ކަމަށެވެ.

"ސަދަގާތް ފައުންޑޭޝަންގެ ކަދުރު ޕެކެޓްތަކުގައި ވާދަ ނުކޮށް ހޯދަން އެ އުޅޭ ރިޔާސީ ޓިކެޓް ނެތް ބާ،" އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ. "ތި ޓިކެޓްގަނޑު ވެސް އަދި ވަގަށް ނަގާނެ."

އޭނާ އަދި ވިދާޅުވީ މެޑަމް ފާތުންގެެ ފިރިކަލުންގެ ނުފޫޒް މިކޮޅު މައްޗަށް އޮޅުވާލެނުވަސް، އެކޮޅު މައްޗަށް އޮޅުވައިލެވޭނެގެން ހީނުވާ ކަމަށެވެ.

އަޑުތައް އަރާފައިވާ ގޮތުން 2018 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރާ ކެންޑިޑޭޓަަކަށް ޕްރައިމެރީއަކާ ނުލައި ޓިކެޓް ދެއްވަން އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ބޭނުންފުޅެއް ނުވެ އެވެ.

އެހެންވެ މި މައްސަލާގައި މައުމޫނާއި ޔާމީނާ ދެމެދު ދަނީ ކޯޅުންތަކެއް ހިނގަމުންނެވެ.

ޕީޕީއެމުން މިހާރު ވެސް އަންނަނީ 2018 ގެ ކެމްޕޭން ލީޑަރުން ތަމްރީނުކޮށް، ރައީސް ޔާމީނަށް ކެމްޕޭން ކުރަމުންނެވެ.