Last Updated: April 20, 10:54
Saturday, April 20, 2024
ސިޔާސީ

އަލްހާން މާލެ ސިޓީ ކައުންސިލަށް ވާދަ ކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ވާދަ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވި އެވެ.

ކައުންސިލަށް ކުރިމަރިލައްވަން ނިންމެވިކަން އަލްހާން ހާމަ ކުރެއްވީ އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.

އަލްހާނަކީ މިހާރު ހިންގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ފޭދޫ ގޮނޑި އަށް އަމިއްލަ ގޮތުން ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންފައިވާ ބޭފުޅެކެެވެ.

އެމްޑީޕީގެ ނައިބް ރައީސްކަން ވެސް ކުރެއްވި އަލްހާން މީގެ ކުރިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އޭނާ އެމްޑީޕީން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެހެން ނަމަވެސް އަލްހާނަކީ އެމްޑީޕީގެ މެމްބަރެއް ކަމަށް އޭނާ ދައުވާ ކުރެއްވިޔަސް އެމްޑީޕީން އޭނާ ބަލައެއް ނުގަނެ އެެވެ.

އެމްޑީޕީން ވަކި ކުރުމުން ފަހުން އޭނާ ޖުމްހޫރީ ޕާޓީގައި ވެސް ދުވަސްކޮޅެއް ވަންދެން އުޅުއްވި އެވެ.