Last Updated: April 23, 13:19
Tuesday, April 23, 2024
ރިޕޯޓް

ކަސްރަތު ކުރެވޭ ބަސް: ދެން ޖިމަށް ދާނެ ކަމެއް ނެތް!

ޖިމަށް ގޮސްގެން ކަސްތަރު ކުރާނެ ވަގުތެއް ނެތް މީހުންނަށް މިއަށް ވުރެ ވަކި ފަސޭހަ ގޮތެއް ނޯންނާނެ އެވެ. މިހާރު އޮފީހަށް ދާން ދަތުރު ކުރާ ބަހުގައި ވެސް ކަސްރަތުކޮށް ލެވިދާނެ އެވެ. އެއީ އޮފީހަށް ދާން ތާޒާވެލުމުގެ ކުރިންނެވެ.

ލަންޑަންގެ ފިޓްނަސް ކޮޕްމެޕީއެއް ކަމަށްވާ "1 ރެބެލް" މިހާރު މި ވަނީ "ރައިޑް2ރެބެލް" ގެ ނަމުގައި ބަހުގައި ކަސްރަތު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބަސް ތައްޔާރުކޮށް، އޭގެ ހިދުމަތް ދޭން ތައްޔާރުވެފަ އެވެ.

ބަހުގެ ހާއްސަ ކަމަކީ އިށީންނަން ހުންނަ ސީޓްގެ ބަދަލުގަިއ ބަހުގައި ހުންނާނީ ކަސްތަރު ކުރަން ބޭނުން ކުރާ ބައިސްކަލެވެ.

އެހެންވެ އޭގެ މަތީގައި ޖައްސާލައިގެން އިނދެ އެ ދުވަހުގެ ކަސްރަތު، ބަސް ދަރުތާ އެކު ނިންމައިލެވޭނެ އެވެ.

މީގެ ހިދުމަތް 45 މިނިޓަށް ހޯދަން 12-15 ޕައުންްޑްގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

ހިދުމަތް ލިބި ގަންނަ ފަރާތްތަަކަށް ކަސްރަތުކޮށް ނިންމާލައި އޮފީހަށް ދިއުމުގެ ކުރިން "1 ރައިޑް" ސްޓޫޑިއޯ އަށް ގޮސް ފެންވަރާލައި ނަލަ ހެދިލައިގެން ސިއްހަތަށް ފައިދާ ހުރި ތާޒާ ސްމޫތީއެއް ބޯލައިގެން އޮފީހަށް ދާނެ ވަގުތު ލިބިގެން ދާނެ އެވެ.

"ރައިޑް2ރެބެލް" ގެ ހިދުމަތް ތައާރަފު ކުރުމުގެ ވިސްނުމަކީ "1 ރައިޑް" ފިޓްނަސް ސްޓޫޑިއޯގެ ދެ ފައުންޑަރުން ކަމަށްވާ ޖޭމްސް ބަލްފޯ އާއި ގިލެސް ޑީންގެ ހިޔާލެކެވެ.

އެ މީހުން ބުނީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކާ މި ހިދުމަތް ތަރާފަރު ކުރުމާ އެކު އިތުރަށް ފުޅާ ކުރަން ވިސްނާފައިވާ ކަމަށެވެ.

ހިދުމަތް ތައާރަފު ކުރަން ނިންމައި ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލުމުން "1 ރައިޑް" ގެ ވެބްސައިޓަށް ވެސް މީގެ ކުރިން ބާރި ބޮޑު ނުވާ ވަރަަށް ވަނީ ބާރުބޮޑުވެފަ އެވެ.