Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

"މޮހެންޖޮ ދާރޯ" އިން ތާރީހުގެ ތެރެއަށް

އިންޑަސް ވެލީ ސިވިލައިޒޭޝަންގެ މައްޗަށް ބިނާކޮށް އަޝުތޯޝް ގޮވަރިކާ ޑައިރެކްޓްކޮށްފައިވާ ފިލްމް "މޮޖެންޖޮ ދާރޯ" ގެ ފުރަތަމަ ޓްރެއިލާ އެކު ބެލުންތެރިން ތާރީހުގެ ތެރެއިން އެތައް އަހަރެއް ފަހަތަށް ގެންގޮސް ދީފި އެވެ.

މި ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ ރިތިކް ރޯޝަން އާއި އަލަށް ތައާރަފުވާ ޕޫޖާ ހެގްޅޭ އެވެ.

ޓްރެއިލާ އަށް މިހާރު އަންނަނީ ވަަރަށް ގިނަ ބައެއްގެ ތައުރީފު ވެސް އޮހެމުންނެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ފިލްމަ ބަލާލަން މިހާރު ތިބީ ކެތްތެރިކަން ކުޑަވެފަ އެވެ. އަދި ފިލްމަކީ ވަރަަށް ފުރިހަމަ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެހެން ނުވާންވީ ސަބަބެއް ވެސް ނެެތެވެ. އަޝުތޯޝްއަކީ ތާރީހީ ފިލްމްތައް ގެނެސް ދޭން ކުޅަދާނެ ޑައިރެކްޓަރެކެވެ.

"ލަގާން" އާއި "ޖޯދާ އަކްބަރު" ފަދަ ފިލްމުތަކުން އޭނާ ވަނީ އެކަން ސާބިތުކޮށް ދީފަ އެވެ.

"މޮޖެންޖޮ ދާރޯ" ގެ ޓްރެއިލާ އަށް ބެލުންތެރިންގެ ތައުރީފު އޮހުނަސް މިއަށް ފާޑު ކިޔާ ބަޔަކު ވެސް އެބަ ތިއްބެވެ.

އެގޮތުން ފިލްމްގެ ބަތަލާ ޕްރެޒެންޓްކޮށް ދެވިފައި ވަނީ އިންޑަސްވެލީގެ ޒަމާނުގައި އަންހެނުން ހެދުން އަޅައި އުޅުނު ގޮތަށް ނޫން ކަަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ކޮންމެއަކަސް ފިލްމަށް އިންތިޒާރު ކުރަމާ ހިނގާށެވެ. ފިލްމް ސިނަމާތަކަށް އަންނާނީ އޮގަސްޓް މަހުގެ 12 ގަ އެވެ.