Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

ބާ ނޫޓްތައް ބޭނުން ކުރެވޭނީ އަންނަ މަހުގެ ނިޔަލަށް

ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ނޫޓްގެ ބަދަލުގައި އާ ނޫޓް ބޭނުން ކުރަން ފަށާފައިވާ އިރު، ކުރީގެ ނޫޓްތައް އަންނަ މަހަށް ފަހު ބޭނުން ނުކުރެެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ފސް އަހަރު ދުވަހުގެ މުއްދަތަށް ކުރީގެ ނޫޓު ބަދަލުކޮށް ދިނުމުގެ ހިދުމަތް ދޭނެ ކަމަށެވެ.

އެހެން ނަމަވެސް ޖުލައިގެ ފަހުން އިގުުތިސާދުގެ ތެރޭގައި ކުރީގެ ނޫޓްތައް ބޭނުމެއް ނުކުރޭނެ އެވެ.

މިދިޔަ ޖެނުއަރީ މަހު ބޭނުން ކުތަން ފެށީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒްގެ ކުރިން ބޭނުން ކުރަމުން އައި ނޫޓްތަކުގެ 88 އިންސައްތަ އެމްއެމްއޭ އަށް ނަގާފައިވާކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އަދި ބާކީ ހުރި 12 ޕަސަންޓް ވެސް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

އާ ނޫޓް ސީރީޒްގައި ހިމެެނެނީ 10ރ، 20ރ، 50ރ، 100، 500ރ. އަދި އަލަށް ތައާރަފު ކުރި 1،000ރ. ގެ ނޫޓެވެ.

އާ ނޫޓްތައް ބޭނުން ކުރަން ފެށީ ޖެނުއަރީ 26، 2016 އިން ފެށިގެންނެވެ.

އެމްއެމްއޭ އިން ބުނީ މިހާރު ބޭނުން ކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓްގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި 5ރ. ގެ ކޮއިނެއް ނެރެން ނިންމާފައިވާ ކަމަށެވެ.