Last Updated: April 20, 10:23
Saturday, April 20, 2024
ސިއްހަތު

ރޯދަ ރަހަ: ކުޅި ރިހަ

* ބޭނުންވާ ތަކެތި:

400 ގުރާމު ރޯމަސް (ކަނޑުމަސް، ރިހަޔަށް ކޮށާފައި)
ބައި ސައިސަމުސާ ދިރި
7 ހިކިމިރުސް
4 ލޮނުމެދު
ބާރަ ފުށް އަސޭމިރުސް
2 ފިޔާ (ބޮޑު)
2 ޖޯޑު ކާށިކިރު
2 ރޯމިރުސް ނުވަތަ ގިތެޔޮމިރުސްކޮޅެއް
1 ޓޮމާޓޯ (ބޮޑު)
1 ފަޅި ހުތް އަނބު ނުވަތަ 2 ބިލިމަގު
1 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
2 އިނގިލި ކުރިން ހިފޭ ވަރުގެ އޯބަތްކޮޅެއް
ބައި އިންޗި އިނގުރު
ހިކަނދިފަތް
ރާނބާފަތް
ލޮނު
ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

ދިރިޔާއި، ހިކިމިރުހާއި، 2 ލޮނުމެދާއި، އަސޭމިރުހާއި، 1 ފިޔަޔާއި، އިގުރު އެއްކޮށްފައި މިކްސަރުން ފުނޑާލުން. ބާކީ އޮތް 2 ލޮނުމެދާއި ފިޔާ މީރު ކޮށްފައި، (ބޭނުން ނަމަ ދެ އިނގިލި ކުރިން ހިފޭ ވަރުގެ އޯބަތްކޮޅެއް ލައިފައި) ޓޮމާޓޯ ޕޭސްޓު އެޅުން.

މިނެޓެއް ވަންދެން އެއްކޮށްލުމަށް ފަހު، ފުނޑާފައި ހުރި ހަވާދުކޮޅު އޭގެ ތެރެއަށް އަޅައިލުން. ބައި ޖޯޑު ފެން އަޅައިގެން (ބޮކިޖަހައިފައި ކެކެންދެން) ކައްކާލުން.

ހަވާދުކޮޅު ކެކިގަތީމައި މަސްކޮޅު އެޅުން. ރަނގަޅަށް މަސްތައް އެއްކޮށްލައިފައި، 1 ޖޯޑު ފެނާއި 1 ޖޯޑު ބޯކިރު އަޅާފައި، ލޮނު ލައިގެން ކެއްކުން. އޭގެތެރެއަށް ޓޮމާޓޯއަކާއި، ރާނބާފަތާއި، އަނބާއި، ރޯމިރުސް ނުވަތަ ގިތެޔޮމިރުސް އަޅައިގެން ކެއްކުން.

ރަނގަޅަށް މަސްތައް ރޯފިލީމައި، ބާކީ ހުރި ކިރުޖޯޑު އަޅާފައި، (އިތުރަށް ދިޔާ ކުރަން ބޭނުން ނަމަ ކުޑަ ފެންފޮދެއް ވެސް އަޅައިގެން) ކެއްކުން. ކެކިގަތީމައި، ހިކަނދިފަތް ލާފައި، ލޮނު ހެޔޮވަރު ކުރުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.