Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ފޭދޫން ފެނުނީ ލަކުނޑިން ހަދާފައި އޮތް "ފިސްތޯލައެއް"

ލަކުނޑިން ހަދާފައި އޮތް ފިސްތޯލައެއް ކަމަށް ބެލެެވޭ އެއްޗެއް ފޭދޫން ފެނިގެން ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު ބުނީ އެ "ފިސްތޯލައި" ގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މީގެ ތިން ދުވަސް ކުރިން ކަމަށާއި އޭތި މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"ފިސްތޯލަ" ފެނުނީ ފޭދޫ މުނިސިޕް މުވައްޒަފުން ރަށުތެރެ ސާފު ކުރަމުން ދަނިކޮށެވެ. އަދި އެ ފެނުމާ އެކު ފުލުހުން ވަނީ ފުލުހުންނަށް އެ މައްސަަލަ ރިޕޯޓްކޮށްފަ އެވެ.