Last Updated: March 29, 09:42
Friday, March 29, 2024
ސިއްހަތު

ރޯދަ ރަހަ: ގަބުޅި ފޮޅި

* ބޭނުންވާ ތަކެތި:

1/2 1 ގަބުޅި ހުނި
1/2 ގޮދަން ފުށް
1/2 ޖޯޑު ގަބުޅި ފެން
1/2 ޖޯޑު ހަނޑޫ ހިމުން ފުށް (ހޫނު ފެންފޮދެއް އަޅާފައި އިރުކޮޅެއް ވަންދެން ބަހައްޓާފައި)
1/2 ޖޯޑު ހަކުރު
1 ކުކުޅު ބިސް
1 މޭޒުމަތީ ސަމުސާ ފިނިފެން (ރޯސްވޯޓަ) ނުވަތަ
1/2 ސަމުސާ ރޯސް އެސެންސް

* ތައްޔާރު ކުރާނެ ގޮތް:

ގަބުޅި ހުނި މިކްސްޗަރުން ހިމުންކޮށްލުން. ހުނިކޮޅު އެއްޗަކަށް އަޅާފައި އޭގެ ތެރެއަށް ހަކުރު އަޅާފައި އެއްކޮށްލުން. ހަނޑުފުށް، ބިސް، ގޮދަން ފުށް، ގަބުޅި ފެން އަޅާފައި ރަނގަޅަށް އެއްކޮށްލުން
ފިނިފެން ނުވަތަ އެސެންސް އެޅުމަށް ފަހު (ހިކި ނަމަ) ފޮޅި ފިހެވޭ ވަރަށް ގަބުޅި ފެން އަޅައިފައި (ތަވާގައި ތެޔޮފޮދެއް ހާކާލާފައި) ފޮޅި ފިހުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.