Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ސިފައިންނަށް ދެ ފިހާރައަކުން ޑިސްކައުންޓް

މާލޭގެ މަޝްހޫރު ދެ ފިހާރައެއް ކަމަށްވާ އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރާއި ކަލ ބޭންކުން ސިފައިން ކުރާ ކޮންމެ ވިޔަފާރިއަކުން 10 ޕަސެންޓް ޑިސްކައުންޓެއް ލިބޭ ގޮތަށް ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހަމަޖައްސަފި އެވެ.

އެމްއެންޑީއެފާއި ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ، ޑައިރެކްޓްރޭޓް އޮފް ސީ4 ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޑައިރެކްޓަރު މޭޖަ އަދުނާނު މުޙައްމަދެވެ.

ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުޙައްމަދު ހާނީ އެވެ.

މި އެއްބަސްވުމުގެ ދަށުން، އޭސް ހާޑް ވެއާ އާއި ކަލަ ބޭންކުން ފިހާރައިން ސިފައިން ކުރާ ކޮންމެ ވިޔަފާރިއަކަށް، ޕަވަ ޓޫލްސްގެ ބާވަތް ނޫން އެހެން ހުރިހާ ބާވަތްތަކުން، 10 ޕަސެންޓްގެ ޑިސްކައުންޓެއް ސިފައިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޑިސްކައުންޓް ލިބޭނީ ވިޔަފާރި ކުރާ އިއި ފައިސާ ދައްކާއިރު، ސިފައިންގެ މީހެއްކަން އަންގައިދޭ ކާޑް ދެއްކުމުންނެވެ.