Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ނާއިދު ކަޓައި، ތާލިބް ގަދަ ފަހެއްގައި

މުބާރާތުގެ ގަދަ ހަޔަކަށް ދިޔަ ނާއީދު. ފޮޓޯ: ޕީއެސްއެމް

ޓީވީއެމުން ގެނެސް "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޕް ޕްރޮގްރާމްގައި ވާދަ ކުރަމުން ދިޔަ އައްޑޫގެ ދެ ބައިވެރިންގެ ތެރެއިން އެކަކު ކަޓައި ގަދަ ފަހެއަކަށް އެކަކު ދަތުރުކޮށްފި އެވެ.

އިއްޔެ ރޭ މުބާރާތުގެ ހަ ވަނާ އެކު ކަޓައިގެން ދިޔައީ މީދު އަށް ނިސްބަތްވާ އަހުމަދު ނާއިދެވެ. އޭނަކީ ސިފައިންގޭގައި ވަޒީފާ އަދާ ކުރާ މީހެކެވެ.

މުބާރާތުގެ ގަދަ ފަހެއް މިހާރު ކަށަވަރުވެފައިވާ އިރު، އައްޑޫން މުބާރާތުގައި ވާދަ ކުރާ ބައިވެރިންގެ ތެރެއިން ގަދަ ފަހެކަށް ދިޔައީ މަރަދޫ އަބްދުﷲ ތާލިބެވެ.

އޭނާ އެކު ގަދަ ފަހެއްގައި ހިމެނޭ ބައެއް ބައިވެރިންނަކީ އިބްރާހީމް މުޙައްމަދު، ޢަބްދުﷲ މުފީދު، އިބްރާހީމް އިމާޒު، އާދަމް ނަސީމެވެ.

"ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރީ" ގެ މާދަމާ ރޭގެ ޕްރޮގްރާމްގައި ގަދަ ފަސް ބައިވެރިންގެ ތަފާތު މަސައްކަތްތަކެއް ފެނިގެން ދާނެ އެވެ.

ހުކުރު ދުވަހުގެ ރޭގެ ޕްރޮގްރާމްގައި ގަދަ ތިން ބައިވެރިން ވެސް ކަނޑައެޅިގެން ދާނެ އެވެ.

"އެންމެ އަލިގަދަ ތަރި" ހޮވުމަށް ބާއްވާ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ.

އެއް ވަނަ އަށް ދާ ފަރާތަކަށް މި ފަހަރު ބައި މިލިއަން ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ރޭ ވަނީ އެންމެ އަލި ގަދަ ތަރީގެ ބައިވެރިންނާ ރޭ ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފަ އެވެ.