Last Updated: April 24, 08:48
Wednesday, April 24, 2024
ކުޅިވަރު

ދެން ފެންނާނީ މެންޗެސްޓާ ޔުނައިޓެޑުން: އިބްރަހިމޮވިޗް

ސްވިޑެން އަދި ޕީއެސްޖީ އަށް ކުޅެމުން އައި ޒަލްޓަން އިބްރަހިމޮވިޗް އޭނާގެ ދެން ކުޅޭ ޓީމަކަށް މެންޗެސްޓާ ޔުނައިޓެޑް އިހްތިޔާރުކޮށްފިއެވެ.

ފާއިތުވެދިޔަ ދެމަހެއްހާ ދުވަހު އިބްރާ ޔުނައިޓެޑަށް ދާން އުޅޭ ވާހަކަ ދެކެވެމުން އައިސްފައިވާއިރު އިބްރަހިމޮވިޗްގެ ސޯޝަލް މީޑިޔާގައި މިއަދު ވަނީ އެކަން އިއުލާންކޮށްފައެވެ.
aasasas
"ދުނިޔެއަށް އަންގާލަންވީ ވަގުތު ޖެހުނީ. އަހަރެންގެ ދެން އޮތް މަންޒިލަކީ މެންޗެސްޓާ ޔުނައިޓެޑް" އިބްރާ ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

އާއްމު ގޮތެއްގައި ކުލަބަކަށް ކުޅުންތެރިޔަކު ދާކަން ކަށަވަރުކޮށްދޭނީ އެޓީމެއްގެ އޮފިޝަލް ވެބްސައިޓުންނެވެ. ނަމަވެސް މިފަހަރު ކުޅުންތެރިޔާ މިވަނީ ކުލަބުގެ ކުރިން އެކަން އިއުލާންކޮށްފައެވެ.

ޒަލްޓަން އަކީ ޔުނައިޓެޑުގެ އާ މެނޭޖަރު މޮރީނިއޯގެ ދަށުން ގެންނަ 2 ވަނަ ކުޅުންތެރިޔާއެވެ. ދެމީހުންވަނީ މީގެ ކުރިންވެސް އިންޓަމިލާނުގައި އެއްކޮށް މަސައްކަތްކޮށްފައެވެ