Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އެމްޕީއެލުން ދެކުނަށް ބަސްތައް ފޮނުވަން ފަށައިފި

އައްޑު އާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ދޭން ބޭނުން ކުރާ ބަސްތައް އެ ދެ އަތޮޅަަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ފަށައިފި އެވެ.

އައްޑު އާއި ފުވައްމުލަށް ފޮނުވަން ހަމަޖެހިފައި ވަނީ ޖުމްލަ 13 ބަހެވެ. މީގެ ތެރެއިން ފުވައްމުލަކަށް ގެންދަން ހަމަޖެހިފައި ވަނީ 32 މީހުންގެ ޖާގައިގެ ދެ ބަހެވެ.

ދެން ހުރި ބަސްތައް ބޭނުން ކުރާނީ އައްޑޫގަ އެވެ.

އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވިދާޅުވި ގޮތުގައި އަންނަ މަހުގެ ކުރީކޮޅު އައްޑު އާއި ފުވައްމުލަކުގައި ވެސް ބަހުހެ ހިދުމަތް ދޭން ފަށާނެ އެވެ.

ބަހުގެ ހިދުމަތް އައްޑޫގައި ދޭނީ 32 މީހުންގެ ޖާގައިގެ 9 ބަހާއި 52 މީހުންގެ ޖާގައިގެ ދެ ބަހާ އެކުގަ އެވެ. އެގޮތުން ވަކިން އޮންނަ ހުޅުމީދޫގައި ބޭނުން ކުރާނީ 32 މީހުންގެ ޖާގައިގެ ދެ ބަހެވެ.

ދެން ހުރި ބަސްތައް ބޭނުން ކުރާނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގަ އެވެ.