Last Updated: April 25, 22:42
Friday, April 26, 2024
ސިއްހަތު

ރޯދަ ރަހަ: އަލުވި ބަތް

* ބޭނުންވާ ތަކެތި:

1/2 1 ޖޯޑު ބާސްމަތީ ހަނޑޫ
1/2 1 ޖޯޑު ހުދު އަލުވި (ކުދިކޮށް ކޮށައިފައި)
2 ޖޯޑު ކާށި ކިރު
3 ޖޯޑު ފެން
1 ފިޔާ (އާދައިގެ، ތުނިކޮށް ކޮށާފައި)
ލޮނު، ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

ފިޔާ މީރުކޮށްފައި އޭގެ ތެރެއަށް އަލުވި އެޅުމަށް ފަހު، ދެ ޖޯޑު ފެށި، އެއް ޖޯޑު ކާށި ކިރު އަޅައިގެން އަލުވި މަޑު ކުރުން. އަލުވިކޮޅު ކުޑަކޮށް މަޑުވުމުން ހަނޑޫ އެޅުން.
ބާކީ ހުރި ކިރު ޖޯޑާއި ފެން ޖޯޑު އޭގެ ތެރެއަށް އެއްކުރުމަށް ފަހު، ލޮނު ހެޔޮވަރު ކުރުން. ބަތް ތެލި މަތިން ހިނދުނީމައި އުނދުން މަޑު ކުރުމަށް ފަހު މަތި ޖަހައިގެން ރަނގަޅަށް ހިންދާލުން.

މި ބަތް ގަރުދިޔަ އާއި ތެލުލި މަހާއި ލޮނުމިރުހާ އެއްކޮށް ވަރަށް މީރު ވާނެ.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.