Last Updated: February 12, 11:37
Wednesday, February 12, 2025
ޚަބަރު

އުއްތަމަފަނޑިޔާރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި

ދިވެހި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުށެއްގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

ސަރުކާރު ވައްޓާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތަށް މިހާރުވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ސުޕުރީމް ކޯޓުގެ ފުރާޅުގެ ޓިނު ނައްޓައިގެން ވަދެ ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއިރު އެމަންޒަރު ނުފެންނަ ގޮތަށް މީޑިއާ ވަނީ ފަހަތަށް ޖައްސާފައެވެ.

ބިންމަތީ ދަމާ ކޫއްތާފައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގެ ދައުވާގެ އަޑުއެހުމެކެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލާފައިވަނީ ރައީސް އޮފީހުގެ ހަތަރު ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވުމުން އީ-ގަވަރްމެންޓް ނިޒާމް ބޭނުން ނުކުރެވޭ ގޮތް ހެދި ކަމަށް ބުނެއެވެ.

ތަފްސީލް އަންނަނީ…..