ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެކަން އެމަނިކުފާނަށް އަންގައިފިއެވެ.
އެހެން ނަމަވެސް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުުރާނެ ގަޑިއެއް އަދި ނޭނގެއެވެ.
ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ކުރާ ބައެއް ތުހުމަތުތަކާއި ގުޅިގެން މިހާރުވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ. އެހެން ނަމަވެސް މިއަދު އޭގެ ދައުވާއެއްގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެއް ނުވެއެވެ.