Last Updated: April 22, 13:09
Tuesday, April 22, 2025
ޚަބަރު

ކެންސަރަށް ފަރުވާ ހޯދާ ފުލުހެއްގެ ގެއަށް ނަވާޒް

ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފުލުހެއްގެ ގެއަށް އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް، ޑީސީޕީ ޢަބްދުﷲ ނަވާޒް ޒިޔާރަތް ކުރައްވައި ފުލުސް އޮފިސަރުގެ ހާލު މިއަދު ބައްލަވާލައްވައިފި އެވެ.

ނަވާޒް މިއަދު އެފުލުސް އޮފިސަރުގެ ގެއަށް ޒިޔާރަތް ކުރައްވައި ފުލުސް އޮފިސަރާއި ފުލުހުސް އޮފިސަރުގެ އާއިލާއާ ބައްދަލު ކުރައްވައި ހާލު ބައްލަވާލައްވައި، ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ހޯއްދެއްވި އެވެ.

އަދި ދަތިވާ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ހޯއްދަވައި، ދަތިވާ ކަންތައްތައް ހައްލުކޮށް ދިނުމަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި ފުލުހުންގެ ވެލްފެއާ ކަންތައްތަކުގެ ތެރެއިން ކޮށްދެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.