އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގެ އެކި ހިސާބުތަކުގައި ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވާ ފަދަ ވަޅުގަނޑުތައް އެބަހުއްޓެވެ. އޭގެ ސަބަބުން މަގުން ދުއްވާ ވެހިކަލްތަކަށް ބޮޑެތި ގެއްލުން ވުމަކީ ވަރަށް އާއްމު ކަމަކެވެ.
އައްޑޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ހައުސިން މިނިސްޓްރީ އަށް އެކަން ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅޭތަނެއް ނުފެނެއެވެ. އެހެންވެ ރައްޔިތުންގެ ކަމަކަށް ވެފައި ވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ވަޅުގަނޑުތައް ހުންނަ ތަންތަން މީހުންނަށް އަންގައި ދިނުމެވެ.
މިއީ ގަމާއި ފޭދޫ ގުޅުވައިދޭ ކޯޒްވޭ މަތީގައި ހުރި ވަޅުގަނޑެކެވެ. މި ވަޅުގަނޑު ފާހަގަ ކުރުމަށް ފޮޓޯ ނެގި ފަރާތުން ވަނީ ލައްކަ މަސައްކަތް ކޮށްފައެވެ. އެ ފޮޓޯ ސޯޝަލް މީޑިޔާގައި ހިއްސާކުރަމުން އޭނާ އެދިފައި ވަނީ ފާލަން މަތިން ދާއިރު ވަޅުގަނޑަށް ސަމާލުވެގެން ދިއުމަށެވެ.