އެކާވީސް ވަނަ ޤަރުނުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލްކަން ލިބިފައިވާ މުސްލިމް ދިވެހި ދަރިންތަކެއް ބިނާ ކުރުމުގެ މަޤްޞަދުގައި އައްޑޫގައި ފެށި، ހިޔަދޫ ޙިރާ ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ޙިރާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އިއްޔެ އެވެ. އެ ރަސްމިއްޔާތުގައި ސްކޫލްގެ މެނޭޖްމަންޓާއި ޓީޗަރުން އަދި ދަރިވަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ދެހާސް ދިހަ ވަނަ އަހަރު ހުޅުވި ޙިރާ ސްކޫލަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބެލެނިވެރިންގެ ތެރޭގައި ވަރަށް މަގުބޫލުވެގެން ގޮސްފައިވާ ސްކޫލެކެވެ. ޖާގައިގެ ދަތިކަމާ ހުރެ މިހާރު ވެސް އެތައް ކުދިންނަށް އެ ސްކޫލަށް ވަންނަން ކިއޫގައި އެބަ ތިއްބެވެ.
ޙިރާ ސްކޫލުން މައުލޫމާތު ދޭ ގޮތުގައި ހިތަދޫ ލިންކް ރޯޑް ސަރަހައްދުން ލިބުނު ބިމުގައި ހަދާ އާ އިމާރާތުގެ މަސައްކަތް ނިމުމުން އެ ސްކޫލަަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެން ދާނެ އެވެ.