މި އަހަރު ބާއްވާ ރިޔާސީ އިންތިހާބް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބް ކުރައްވާނެ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
ރޭ އެމްޑީޕީން ހިތަދޫގައި ބޭއްްވި "ދޭތިން ފަހެތި ކެމްޕޭން" ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ އައްޑޫ ކައުންސިލަކީ މުޅިން ވެސް އެމްޑީޕީ މެމްބަރުން ތިބި ކައުންސިލެެއް ކަމަށެވެ. އަދި އެ ކައުންސިލް އޮތީ ނަޝީދާއި އެމްޑީޕީ އާ އެކުގައި ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންތިހާބް ނަޝީދު ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އައްޑޫ ނަޝީދަށް ބޮޑު އަޢުލަބިއްޔަތެއް ލިބޭނެ ކަމާ ދޭތެރޭ އެއްވެސް ސުވާލެއް ނެތް ކަމަށް ސޯބެ ވިދާޅުވި އެވެ. އެހެންވެ ވަރަށް ފަސޭހަކަމާ އެކު އިންތިހާބުގެ ފުރަތަމަ ބުރުން ނަޝީދު އިންތިހާބް ކާމިޔާބް ކުރާނެ ކަމަށް ސޯބެ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކާމިނީ ބްރްދާސް އާއި އެހެނިހެން ބްރަދާސްތައް ވެސް ކުރިމަތިލައިގެން އުޅޭ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ފަރާތަކަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށް ސޯބެ ވިދާޅުވި އެވެ.