ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން "ކުދިކުދި ކޮށްލާނެ" ކަމަށް ވިދާޅުވެ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިބްރާހީމް ރަޝީދު ދިން އިންޒާރުގެ މައްސަލަ ތަހުގީގް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.
ކޯޑިނޭޓަރު އިބްރާހީމް ރަޝީދު، މެންބަރު ސައުދު "ކުދިކުދި ކޮށްލާނެ" ކަމަށް ވިދާޅުވެ އިންޒާރު ދެއްވީ ގއ.ވިލިނގިލީގައި ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ބޭއްވި "ވިދި ވިދި އޮޓެ އޮޓެ" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ސަރުކާރުގެ ވަޒީފާއެއްގައި ހުރެ އާއްމު ތަނެއްގައި މަޖިލިސް މެންބަރަކަށް ވަރަށް ސާފު ބަހުން އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ.
Meehun maran Sarukaaru hingaa party in Iulaan kureema ekan e othee koffa. @PoliceMv
In mi massala thahugeeg kurumah govaalan. @hrcmv https://t.co/0YGptx8dpx— Ali Nizar (@DhekunuNizar) March 24, 2018
އިބްރާހިމް ރަޝީދުގެ މި އިންޒާރުގެ މައްސަލަ ތަހުގީގް ކުރުމަށް ގޮވާލި މެންބަރުންގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަމީތު އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ހިމެނިވަޑައިގަންނަވައެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އަމީތު ކުރެއްވި ޓްވީޓެއްގައި ވަނީ ސައުދަށް ދިން އިންޒާރު ތަހުގީގުކޮށް އޭނާ އަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.
MP @SaudVillingili kudhi kudhi kollaane kamah bune #Coordinator dhin inzaaru thahugeeg koh, MP Saud ah rakkaatherikan foru koh'dhinumah @PoliceMv ah govaalan.@PoliceMv ge hama ekani vaajibakee #Yameen ge siyaasee vaadhaveringe fahathun dhuvun kamuga nuhadhdhavaa!
— Mohamed Ameeth (@MohamedAmeeth) March 24, 2018
ސައުދަށް ދިން އިންޒާރުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެންނަވައި މެންބަރު ނިޒާރު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އެ މައްސަލަ ތަހުގީގް ކުރުމަށް ގޮވާލައްވާފައެވެ.