ފުލުހުންގެ ތެރެއިން ބަޔަކު ރައްޔިތުންނަށް އަނިޔާކުރާނަމަ އެއީ ފުލުހުންނެކޭ ނުކިޔޭނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެެވެ.
އަލީ ޙުސައިން މިހެން ވިދާޅުވީ، ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ބައެއް ނޫން ކަމަށް ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވަމުންނެވެ.
އަލީ ހުސައިން ވިދާޅުވި ގޮތުގައި ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ބައެއް ކަމުގައި ނުވިޔަސް އެ ޔުނިފޯމްގައި ތިބި ބަޔަކު އަނިޔާކޮށްފާނެ ކަމަށެވެ. އަދި އެގޮތަށް އަނިޔާކޮށްފި ނަމަ އެ ހިސާބުން އެއީ ފުލުހުން ކަމުގައި ނުބެލެވޭނެ ކަމަށެވެ.