އަނިޔާވެރިކަމުގެ ކުރިމަތީގައި ކަކޫ ތިރިކޮށް ފަހަތަށް ނުޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު ވިދާޅުވެއްޖެ އެވެ.
ރޭ އެމްޑީޕީން ހިތަދޫގައި ބޭއްވި "ދޭތިން ފަހެތި" ކެމްޕޭނު ޖަލްސާގައި ޝާހިދު ވިދާޅުވީ މީގެ ކުރިން ވެސް އައްޑޫގެ ރައްޔިތުންނަކީ އަނިޔާވެރިކަމާއި މިނިވަންކަމަށްޓަކައި އެންމެ ބޮޑު ގުރުބާނީތަކެއްވެ އަނިޔާވެރިކަމުން ސަލާމަތްވުމަށް މަސައްކަތްކޮށްފައިވާ ރައް ޔިތުންތަކެއް ތިބި އަތޮޅެއް ކަމަށެވެ. އަދި އެކަން ދިވެހި ތާރީޚުން ސާބިތުވާނެ ކަމަށާއި އެ ފަހުރު ދެމެހެއްޓުމަށްޓަކައި މިހާރު ވެސް އައްޑޫގެ ރައްޔިތުން މަސައްކަތް ކުރާނެ ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މި ގައުމު ގައުމެއްގެ ގޮތުގައި ގެނެސް ދިން ލީޑަރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި ރައީސް ނަޝީދަކީ އުމުރުން ދުވަސްވެފަ އިތިބި ދޮށީ އުމުރުގެ ބޭފުޅުންނަށް އޯގާތެރިކަމާއ އެކު އަޅާލަމުން ގޮސްފައިވާ ލީޑަރެއް ކަމަށާއު މިގޮތުން ހއ. އުތީމުގައި ތިބި އެކަނިވެރި މައިންނަށް އަދި އައްޑޫ ސިޓީގައި ތިބި އެކަނިވެރި ޔަތީމު ކުދިންނަށް އޯގާތެރިވެ އަޅާލަމުން ގޮސްފައިވާ ލީޑަރެއް ކަމަށެވެ.
އަދި ރައްޔިތު މީހާކަ އިރިއަށް ގޮސް ރައްޔިތު މީހާ ބޭނުންވާ ތަރައްގީ ހޯދައި ދޭން މަސައްކަތްކޮށް ދެއްވި ލީޑަރަކީ ވެސް ނަޝީދު ކަމަަށް ރޭގެ ޖަލްސާގައި ޝާހިދު ވިދާޅުވި އެވެ.
"ޓޯޗެއްގެ އަލި ގޮސް ހުއްޓޭ ހިސާބު ފެންނަ ލީޑަރަކު އަޅުގަނޑުމެން މި އަދަކު ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ މިއަދު ނުފެންނަ މަންޒަރުތައް ސިފަ ކުރެވޭ ހީވާގިކަމާއި މުރާލިކަމާއި ތެދުވެރިކަމާއި އިޚްލާސްތެރިކަމާ އެކު މި ގައުމުގެ ތަރައްގީއަށްޓަކައި މަސައްކަތްކޮށް ދޭނެ ލީޑަރެއް،" އައްޑޫގެ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެފައިވާ ޝާހިދު ވިދާޅުވި އެވެ. "ހަމައެއާ އެކު އަޅުގަނޑުމެން ބޭނުންވާ ލީޑަރަކީ ޖެހިލުން ކުޑަ ތަރައްގީގެ ވިސްނުން ހުރި ލީޑަރެއް. އެއީ އަޅުގަނޑުމެންގެ ރައީސް ނަޝީދު."