Last Updated: February 24, 11:04
Monday, February 24, 2025
ޚަބަރު

ބަންދުގެ މުއްދަތު ޖަހަން ސިނާން ކޯޓަށް

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން – ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރ އަހުމަދު ސިނާނުގެ ބަންދާއި މެދު ގޮތެއް ނިންމުމަށްޓަކައި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ސިނާން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވަނީ 11 ޖަހާއިރުއެވެ.

ސިނާން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގެފަހުން އޭނާ ވަނީ މިމަހުގެ 18 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށް 15 ދުވަހުގެ މުއްދަތަކަށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ސިނާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސިނާން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މާލެ ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ. އެހެންނަމަވެސް، ފެބްރުއަރީ 4 ވީ އާދިއްތަ ދުވަހު އެ ދެ މެމްބަރުން މާލެ ވަޑައިގަތުމާއިއެކު އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސްފަ އެވެ.

ނަމަވެސް ސިނާންގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ސިނާން މިނިވަންކޮށްފަ އެވެ.