އިލެކްޓްރޯނިކްސް ސާމާން ވިއްކާ ހާއްސަ ފިހާރައެއް އިއްޔެ މަރަދޫފޭދޫގައި ހުޅުވައިފިއެވެ.
"ހޯމް އެކްސްޕްރެސް" ގެ ނަމުގައި މަރަދޫފޭދޫ ކޮފީ ބެންޑާއި ޖެހިގެން ހުޅުވި މިފިހާރައިން ގޭތެރޭގެ އެކި ބޭނުންތަކަށް ބޭނުންވާ އެކި ކަހަލަ އިލެކްޓްރޯނިކްސް ސާމާނު އަގު ހެޔޮ އަގުގައި ލިބޭނެ ކަމަށް ފިހާރައިގެ ވެރިފަރާތުން ބުންޏެވެ.
އޭނާ ބުނީ އެ ފިހާރަ އިން އެލްޖީ އާއި ޓޮޝީބާ އަދި އެ ނޫން ވެސް އާންމުންގެ އިތުބާރު ހޯދާފައިވާ މަޝްހޫރު ބްރޭންޑްތަކުގެ ސާމާނުތައް ލިބޭނެ ކަމަށެވެ.
އޭގެ ތެރޭގައި އައިސް އަލަމާރި އާއި ދޮންނަ މެޝިނާއި ފްލެޓް ސްކްރީން ޓީވީ އާއި މައިކްރޯވޭވް އަވަނާއި ކުކަރާއި އިސްތިރި އާއި މިކްސަރު ފަދަ ސާމާނުތައް ހިމެނެ އެވެ.
މުހުތާރު ބުނީ މަރަދޫފޭދޫ ކޮފީ ބެންޑް ރެސްޓޯރެންޓް ކައިރީގައި ހުޅުވާފައިވާ "ހޯމް އެކްސްޕްރެސް" ގެ އެންމެ ހާއްސަ ކަމަކީ އަގުތައް ކަމަށެވެ.
"އިލެކްޓްރޯނިކްސް ސާމާނުތައް މިވަގުތު ވިއްކަން ހުރި އައްޑޫގެ އެހެން ފިހާރަތަކާ އަޅާބަލާއިރު އަޅުގަނޑުމެންގެ އަގުތައް މާ ބޮޑަށް ވެސް ހެޔޮ ވާނެ. އަދި މިތަނުން ލިބެން ހުރި ތަކެތި ކޮލިޓީ ވެސް ވާނެ،" އޭނާ ބުންޏެވެ. "އަދި މާލޭން ވެސް ލިބެން ހުރި އަގުތަކަށް ވުރެ މިތަނުން ވިއްކާ ތަކެތީގެ އަގު ހެޔޮ ވާނެ."
މުހުތާރު ބުނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އިންވެސްޓްމަންޓަކުން ހުޅުވި "ހޯމް އެކްސް ޕްރެސް" އިން ވަރަށް އަވަހަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާނެ ކަމަށެވެ.