ދިވެހިރާއްޖޭގައި ޙިމާޔަތް ކުރެވިފައިވާ ދޫނިތައް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އިއުލާންކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (4/93)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ 103 ދޫނި ރަނގަޅު ފެންވަރެއްގައި ކުލަކޮށް ކުރަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުގައި ދޫނިތަކުގެ ކުރެހުންތައް ކުރަހަންޖެހޭނީ ދޫނީގެ ސިފަތައް ރަނގަޅަށް ސިފަކުރެވޭގޮތަށް މިނިސްޓްރީއިން ފޯރުކޮށްދޭ ނަމޫނާ ފޮޓޯތަކެއް ބަލައިގެންނެވެ.