Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ކިޑްނީ ބަދަލު ކުރާ އޮޕަރޭޝަންތައް ފަށަނީ

އައިޖީއެމްއެޗް - ފޮޓޯ: އަވަސްަ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މި އަހަރުގެ ފަހޮކޮޅުގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފަށަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ކިޑްނީ ޓްރާންސްޕްލާންޓްގެ އޮޕަރޭޝަންތައް މިއަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު އޮޕަރޭޝަން ތިއޭޓަރުވެސް މިހާރު ވަނީ ތައްޔާރުކޮށްފައެެވެ.

އެނގިފައިވާ ގޮތުގައި ކިޑްނީ ބަދަލުކުރުމުގެ އޮފަރޭޝަންތައް ކުރަން ހަމަޖެހިފައިވަނީ އައިޖީއެމްއެޗްގައި ތަރައްޤީކުރަމުން އަންނަ 25 ބުރީގެ ހޮސްޕިޓަލުގައެވެ.

2016 ވަނަ އަހަރުގެ ތެރޭގައި އައިޖީއެމްއެޗްގައި ކިޑްނީގެ ބަލިތަކަށް ފަރުވާދޭނެ ސެންޓަރެއް ޤާއިމުކޮށްފައިވާއިރު، އެތަނުން ކިޑްނީގައި އުފެދޭ ހިލަ ލޭޒާ ބޭނުންކޮށްގެން ގޮއްވާލުން ފަދަ ޚިދުމަތްތައް ފޯރުކޮށްދެއެވެ.

ގިނަ އަދަދެއްގެ ދިވެހިން ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދަމުންދާއިރު، ރާއްޖެއިން ކިޑްނީގެ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ އެޚިދުމަތް ހޯދުމަށް ދާންޖެހެނީ ބޭރު ގައުމުތަކަށެވެ.