Last Updated: April 6, 17:09
Sunday, April 6, 2025
މުނިފޫހިފިލުވުން

"ރާޒީ" ގެ ޓްރެއިލާ ދައްކާލައިފި

އާލިއާ ބަޓާއި ވިކީ ކޯޝަލް ލީޑް ރޯލް ކުޅެފައިވާ ފިލްމް "ރާޒީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނާއި ޖަންގްލީ ޕިކްޗާޒުން އުފައްދާފައިވާ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ. "ރާޒީ" އަކީ މެގްނާ ގުލްޒާރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމްގައި ކިޔައި ދޭނީ ޕާކިސްތާންގެ ސިފައިންގެ މީހަކާ ކައިވެނިކޮށްގެން އުޅޭ، އިންޑިއާގެ އަންހެނެއްގެ ވާހަކަ އެވެ. މިއީ 2008 ގައި ހަރިންދްރަ ސިންގް ނެރުނު ވާހަކަ "ކޯލިން ސެހެމަތު" އަށް ބިނާކޮށްހަދާފައިވާ ފިލްމެކެވެ.

ކަޝްމީރުގައި އެއްކޮށްހެން ޝޫޓްކޮށްފައިވާ "ރާޒީ" ގެ ކާސްޓުންގެ ތެރޭގައި އާލިއާގެ މަންމަ ސޯނީ ރާޒްދާން އާއި ރަޖިތު ކަޕޫރް ވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ