* ބޭނުންވާ ތަކެތި:
6 ޑޯގް ބަނަސް (މެދުން ފަޅާލުމަށް ފަހު ބަޓަރު ހާކާފައި)
1 ފިޔާ (ހިމުންކޮށް ކޮށާފައި)
6 ސޮސެޖް (ދެ ފަޅިކޮށްފައި)
1/3 ސަމުސާ މުގުރި އަސޭމިރުސް
1/3 ސަމުސާ އަޖިނަމޮޓޯ
1/2 ސަމުސާ ޓޮމާޓޯ ސޯސް
1 ޓޮމާޓޯ (ހިމުންކޮށް ކޮށާފައި)
1/2 ސައި ސަމުސާ މަސްޓަޑް ކްރީމް
ތެޔޮފޮދެއް އަދި ލޮނުކޮޅެއް
* ތައްޔާރު ކުރާނެ ގޮތް:
ތަވާ އުނދުން މައްޗަށް އުދާލުމަށް ފަހު ތަވާ ދޮންވީމާ ކުޑަ ތެޔޮފޮދެއް އަޅާށެވެ. ތެޔޮފޮދު ހޫނުވީމާ ފިޔާކޮޅު އަޅާފައި ކުޑަކޮށް މޯޅިވެލީމާ ފަހަރަކު ބާވަތެއް އަޅާފައި ރަހަ ހޮފާ ވަރަށް ކެކުނީމާ އުނދުން މަތިން ބާލާފައި ބަނަހުގެ ތެރެއަށް ސޮސެޖް ސޯސްކޮޅާ އެއްކޮށްލާށެވެ.