ޑޮކްޓަރުން ތަމްރީނު ކުރަން ރާއްޖޭގައި އަލަށް ފަށާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޤައުމީ ޔުނިވަސިޓީން ހުޅުވާލައިފި އެވެ.
ޔުނިވާސިޓީން ބުނީ އަންނަ ޖުލައި މަހު އެ ޔުނިވާސިޓީން ފަށާ ކޯސްތަކުގެ ތެރޭގައި ހިމަނާފައިވާ އެމްބީބީއެސް ކޯހުން 50 ޖާގަ ދޭން ނިންމާފައިވާ ކަމަށެެެވެ.
ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 14 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ކޯހުގެ ޝަރުތަކުގެ ތެރޭގައި އޭ ލެވެލްގައި ބައޮލޮޖީ، ކެމިސްޓްރީ އަދި ހިސާބުން ފާސްވުމާއެކު މަދުވެގެން ފަސް މާއްދާ އިން ފާސްވުން ހިމެނެއެވެ. އަދި އިނގިރޭސިން ދަށްވެގެން ސީ ފާސް އޮންނަންޖެހެ އެވެ. ކޯހުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
އެންއެންޔޫން ބުނީ އަލަށް ފަށާ އެމްބީބީއެސް ކޯހުގެ ފީތަކާއި އެހެނިހެން މުހިއްމު މައުލޫމާތުތައް އަންނަ ހަފުތާގައި އެ އާއްމު ކުރާނެ ކަމަށެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ހާއްސަކޮށްގެން ހަޔަ އެޑިއުކޭޝަނުން ވަނީ ހާއްސަ ލޯނެއް ތައާރަފުކޮށްފަ އެވެ. އެގޮތުން އޭގެ 50 ފުރުޞަތުގެ މި ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ރާއްޖޭގައި ޤާއިމު ކުރާ ފުރަތަމަ މެޑިކަލް ކޮލެޖް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗްގައި ތަރައްޤީކުރާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.