އައްޑޫ ސިޓީ، ލިންކް ރޯޑުގެ އެކި ހިސާބުތަކަށް ވަރަށް ބޮޑަށް އުދަ އަރައިފު އެވެ.
މިގޮތުން ހަންކެޑެ ދިމާލުން އުދަ އެރުމުގެ ސަބަބުން ލިންކް ރޯޑަށް ވެލިގަނޑު އަރާފައިވާއިރު އެހިސާބުގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް ލޮނުގަނޑު އެބައޮތެވެ.
އަދި މީގެ އިތުރުން، ހިތަދޫ އާރްއޭފް ސަރަހައްދުގައި ހަދަމުން އަންނަ ޕޮލިސް ޓްރެއިނިން ސްކޫލާއި ދިމާލަށް ވެސް ވަރަށް ބޮޑަށް އުދަ އަރަމުން އަންނަކަން ފާހަގަކުރެވެއެވެ.
ލިންކް ރޯޑުގެ އެކި ހިސާބުތަކަށް އުދައަރަމުން އަންނައިރު، އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.