ރައީސް އަބްދުﷲ ޔާމީނަށް ޖަރީމާތައް ހިންގެވުމުގެ ފުރުސަތު ލިބިފައިވަނީ އެކަންތައް ކޮށްދިނުމަށް އެތައް ބަޔަކު ތައްޔާރަށް ތިބޭތީ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ހިންގަވާ ޖަރީމާތަކަށް އެހީތެރިވާ ކަމަށް އަލީ ހުސައިން ތުހުމަތުގެ ކުރެއްވީ ބެލެވޭ ގޮތުގައި ޕީޖީ އޮފީހުގެ ވަކީލުންނަށާއި ފުލުހުންނަށެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީނަށް ޖަރީމާ ހިންގެނީ އެތައް ބަޔަކު އެކަމަށް ތައްޔާރަށް ތިބޭތީ ކަމަށާއި އެކަމާއި މެދު ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުން ވަރަށް ފުންކޮށް ވިސްނަ އެބަޖެހޭ ކަމަށެވެ.
Yaeemeenah jareemaa hingenee e jareemaathah hingaidhinumah thayyaarah ethah bayaku thibeythee. Fuluhun adhi PGOge vakeelun mikamaamedhu varah funkoh visnan ebajehey. Hama enmen ves Allah gandhee huvaakoggen thibe mi kuranee kon kamehbaa??
— Ali Hussain (@AleeVoice) April 26, 2018
މީގެ އިތުރުން އަލީ ޙުސައިން ވަނީ ޕީޖީ އޮފީހުގެ ވަކީލުންނާއި ފުލުހުން ވެސް ﷲ ގަންދީ ހުވާކޮށްގެން ތިބެ މި ކުރަނީ ކޮންކަމެއްތޯ ސުވާލު ކުރައްވާފައެވެ.
މެންބަރު އަލީ ހުސައިން މިހެން ވިދާޅުވެފައިވާއިރު، ޤާނޫނީ ނިޒާމުގައި ހުރި އުސޫލުތަކާއި ޚިލާފަށް އެތައް ބައެއްގެ މައްޗަށް ދައުވާ އުފުލަމުން ގެންދާއިރު، އެކަމާއި އެއްޗެއް ނުބުނެ ދައުލަތުގެ ވަކީލުން ހަނު ތިއްބަވާތީ އެކަމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.