ބަތަލާ ސޯނަމް ކަޕޫރާއި ވިޔަފާވެރިޔާ އާނަންދް އަހޫޖާގެ ކައިވެންޏަަށް ފަހު، އަނެއްކާ ވެސް ބޮލީވުޑްގައި އިތުރު ކައިވެންޏެއް މިއަދުކޮށްފު އެވެ.
މިއަދު ކައިވެނި ކުރީ 2003 ގެ މިސް އިންޑިއާގެ މަގާމު ހޯދާފައިވާ ބަތަލށާ ނީހާ ދޫޕިއާ އާއި އެކްޓަރު އަންގަދް ބޭދީ އެވެ. އެ ދެ މީހުން ވަނީ ކައިވެނީގެ ހަފުލާގައި ނަގާފައިވާ ފޮޓޯތަކާ އެކު އެކަން ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.
Best decision of my life.. today, I married my best friend. Hello there, husband! @Imangadbedi ❤️ pic.twitter.com/a2ePsaXUNN
— Neha Dhupia (@NehaDhupia) May 10, 2018
ފިލްމް "ޖޫލީ" އިން 2004 ގައި ބޮލީވުޑަށް ނުކުތް ނީހާއަކީ މިހާރު އެމްޓީވީން ދައްކާ "ރޯޑީޒް" ގެ މެންޓޯއެކެވެ. އޭނާގެ ފިރިމީހާ އަންދަގް އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޓައިގާ ޒިންދާ ހޭ" އެވެ.
Best friend.. now wife!! Well Hello there mrs BEDI!!! @NehaDhupia pic.twitter.com/ZQxICr9yE2
— ANGAD BEDI! (@Imangadbedi) May 10, 2018
ފިލްމް "ފަލްޓޫ" އިން 2011 ގައި ބޮލީވުޑަށް ނުކުތް އެކްޓަރު ކުޅުނު އިތުރު ފިލްމްތަކުގެ ތެރޭގައި "ޕިންކް" އާއި "ޑިއާ ޒިންދަގީ" ހިމެނެ އެވެ.