Last Updated: November 26, 17:50
Tuesday, November 26, 2024
ޚަބަރު

މަރަދޫ ބަނދަރު ބޮޑު ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އައްޑޫ ސިޓީ މަރަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ނިންމައި އެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފިއެވެ.

މަރަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިއަތެވެ.

މަރަދޫ ބަނދަރަކީ އައްޑޫގެ ބަނދަރުތަކުގެ ތެރެއިން މަސްވެރި އުޅަނދުފަހަރު އެންމެ ބޮޑަށް ބޭނުން ކުރާ ބަނދަރެވެ. އެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބުނަމުން ގެންދަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.